ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އެކުންފުނީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ވާޓްސިލާ ގުޅިގެން ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތް އެންޑް ސޭފްޓީ (ކިއުއީއެޗްއެސް) ސެޝަނެއް ކުރިޔަށް ގެންގޮސްފި އެވެ
އެ ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ ސްޓެލްކޯގެ މައި އޮފީހުގައިއެވެ. އެ ސެޝަންގައި ވާޓްސިލާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އާއި އެކުންފުނީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައިއެވެ.
ސްޓެލްކޯއިން ބުނީ ވާޓްސިލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނަކީ، އިނޮވޭޝަން، ސަސްޓެއިނަބިލިޓީ، އަދި އޮޕަރޭޝަނަލް އެކްސެލެންސްއަށް ދެ ކުންފުނީގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި ސެޝަންގައި ވާޓްސިލާ ވަނީސްޓެލްކޯއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓެލްކޯގެ އަގު ވަޒަންކޮށް ހަދާނީ ފިލައެއް އަރުވާފައި އެވެ. އަދި ސްޓެލްކޯއިންވެސް ވަނީ ވާރޓްސިލާ އާއި އެކު އޮތް 10 އަހަރުވީ ކާމިޔާބު ގުޅުމުގެ އަގު ވަޒަންކޮށް، ވާޓްސިލާ އަށް ހަނދާލީ ފިލައެއް އަރުވާފައި އެވެ.
ސްޓެލްކޯގެ ފެސިލިޓީތަކުގައި މިވަގުތުވެސް ޖުމްލަ 86 މެގަވޮޓްގެ ކެޕޭސިޓީގެ 14 ވަރޓްސިލާ އިންޖީނު އަންނަނީ ހިންގަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ