އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާ އިން އައްޑޫގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
އައްޑޫގެ މަގުތައް ހަދަން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މި މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ހިންގި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުން 77.6 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ) ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ފެން ހިންދާ ޕަންޕުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މަގު ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫގެ މަގުތައް ހަދަން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މި މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ހިންގި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުން 77.6 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ) ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ