ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ
އެ އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން ރޭ ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 20:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. މީގެ ތެރޭގައި 17 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.
މި ހާދިސާގައި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ. ނިޔާވި ކުއްޖާ އަކީ ތޭރަވާ އަދި އަޝްފާގެ ދަރިފުޅު އަލްސަން މުހައްމަދެވެ.
އައިޖީއެމްއެޗުން ބުނީ އެ ހާދިސާގައި އަނިޔާވި 40 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށެވެ. އެހެންކަމުން އޭނާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި