އދ. މާމިގިލީ ކައިރިއަށް ފީނަށް ފޭބި ކުދިންތަކުގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދަނިކޮށް، މަރުވެފައި އޮއްވާ މިރޭ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 15 އަހަރުގެ ލޫތު ނަމަކަށް ކިޔާ ކުއްޖެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު މެންދުރު ވަގުތެއްގައި މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު، ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ ފުލުހުނނަށް ރިޕޯޓް ކުރީ މިރޭ 7 ޖަހާ އެހާކަންހާއިރު ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި ރަށުގެ ރައްޔިތުން ކުރަމުންދަނިކޮށް، މިރޭ 8 ޖަހަން އުޅެނިކޮށް އެ ކުއްޖާގެ ހަށިގަނޑު ވަނީ ފެނިފައެވެ.
އެ ކުއްޖާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލުމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ