އުމްރާ އަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާ އަށް ނުގެންދިޔަ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ ފައިސާ ނެގުމަށްފަހު އަސްކޮއި އިން އުމްރާ އަށް މީހުން ނުގެންގޮސް ލަނޑު ދީފައިވާކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އަދި ގަވާއިދުގައި އޮންނަ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑް އުމްރާ އަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގާ އުމްރާ އަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސާފައި ނުވާ ކަމަށް ބުނާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލާގައި ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރުމަށްފަހު ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން އިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި މިފަދަ އިތުރު ލަނޑެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅައިގެން މައްސަލަ ހުށަހެޅުމަށް ވެސް ފުލުހުން އެދިފައިވެއެވެ. ނުވަތަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ވެސް އެދިފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ