ބޮލަށާއި ލޮލަށް ދީފައިވާ ފުން ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް، ރޭ ނިޔާވި އއ.މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން، އަންނަ ހޯމަ ދުވަހު އިންޑިއާގެ ޓްރެވިންޑްރަމަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. އޭނާ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުއެވެ. ޖެހިގެން އައި އާދީއްތަ ދުވަހު އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށާއި އޮޓޮޕްސީ ހެދުމަށް މާލެ އަށް ވަނީ ގެނެސްފައެވެ
މާޅޮހު ކައުންސިލްގެ ނައިބު ރައީސް ފަޒީލް އަހުމަދު "ހަތާވީސް"އަށް މީގެކުރިން ވިދާޅުވީ އަބްދުއްރަހުމާންގެ ބޮލަށް ހަމާލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ލޮލަށް ހަމަލާދިނުމުގެ ސަބަބުން ލޯ ދުޅަވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ބޮލުގެ އެތައް މިތަނުން އެބަހުރި ތަޅާފައި. އަނިޔާކޮށްފައި،" ފަޒީލް ވިދާޅުވިއެވެ.
ހަތަރުސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށާއި މަރުގެ އެ ހާދިސާއާ ގުޅިގެން މުޅި ރަށަށް "ޝޮކެއް" ލިބިފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ