މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރުގެ ގ. ގާނެޓް، ހަސަން ޔާމީން ރާއްޖެއިން ބޭރަށް ގޮސްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފސައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އެ ދުވަހުން ފެށިގެން އޭނާގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އާއިލާގެ އެއްބާރުލުމާ އެކު އޭނާ ދިރިއުޅޭތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ.
"...ބަލައިފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައެއްނުވެެއެވެ،" ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއް މެދުނުކެނޑި ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާއާ ބެހޭ އެއްވެސް މައުލުމާތެއް އެނގޭނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053އަށް އެންގުމަށް ފުލުހުން އެފިފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ