އައްޑޫ ސިޓީގެ މަގުތައް ތަރައްގީ ކުރުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކުރި މަސައްކަތްތައް ނިންމާލައިފިއެވެ.
އެފްކޮންސްއާ މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021ވަނަ އަހަރުއެވެ. އެ މަޝްރޫއުގެ ދަށުން އެފްކޮންސް އިން ވަނީ އައްޑޫގައި 111 ކިލޯ މީޓަރުގެ މަގުތައް ތަރައްގީ ކޮށްފައެވެ.
މަގުތައް ތަރައްގީ ކޮށްފައި ވަނީ ބައެއް މަގުތަކުގައި ތާރު އަޅައިގެންނާއި އަނެއްބައި މަގުތަކުގައި ގައު އަތުރައިގެންނެވެ. އައްޑޫގެ މަގުތަކަކީ ޒަމާންތަކެއް ވަންދެން އެ ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.
އައްޑޫގެ މަގުތަކުގެ މަސައްކަތް އެފްކޮންސް އިން ނިންމާލާފައިވާއިރު އެ ކުންފުނިން ވަނީ އައްޑޫގެ މަގުތަކުގައި 376 ސީސީޓީވީ ކެމެރާ އިންސްޓޯލް ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރަށެއްގެ މަގުތަކުގައި މިހާ ގިނަ އަދަދެއްގެ ސީސީޓީވީ ހަރުކުރި ފުރަތަމަ ފަހަރެވެ.
އެ މަސައްކަތުގެ ދަށުން އެފްކޮންސް އިން ވަނީ 160 ކިލޯ މީޓަރުގެ މަގުގައި މަގުބައްތި ވެސް ޖަހައިފައެވެ. އެ ކުންފުނިން އައްޑޫގައި ފެންބޮޑުވާ މައްސަލައަށް ވެސް ހައްލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 106 ކިލޯ މީޓަރުގެ މަގުގައި ފެން ހިންދުމުގެ ނިޒާމު ގާއިމް ކޮށްފައިވެއެވެ.
އެފްކޮންސް އިން އައްޑޫގެ މަގުތައް ތަރައްގީ ކުރުމާއެކު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިއުމަށް ޒަމާނީ ބްރިޖެއް ވަނީ ތަރައްގީ ކޮށްފައެވެ. ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11ވަނަ ދުވަހުއެވެ. ނަމަވެސް އެ ބްރިޖު އާއްމުންނަށް ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.އެ ބްރިޖަކީ 1.463 ކިލޯމީޓަރުގެ ހަތަރު ލޭނު ގާއިމް ކޮށްފައިވާ ބްރިޖެކެވެ.
އައްޑޫގައި ޒަމާނީ ފެންވަރަކަށް މަގުތައް ތަރައްގީކޮށް އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރުމަށް ޒަމާނީ ބްރިޖެއް ގާއިމް ވެގެން ދިއުމަކީ އައްޑޫ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ