އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ބޮޑުވަޒީރު މޯދީއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެއެވެ. އަދި ދެ ގައުމުގެ މުހިންމު މައްސަލަތަކާއި ސަރަހައްދީ ކަންކަމާ ގުޅޭ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ.
މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ގުޅިގެން ކުރިއަށް ގެންދެވުނު ބައެއް މަޝްރޫޢުތައް އިފްތިތާހު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ރޭވިފައެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރޭ މުހިންމު ތާރީހީ މުނާސަބަތާ ވެސް ދިމާވާ ދަތުރުފުޅެކެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ