ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި އެޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ އަބުރަށް ގެއްލުންވި ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށެވެ.
ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކަތަކުން އެ ދަރިކަލުންގެ އަބުރަށް ގެއްލުންވެފައިވާކަން ސާބިތުވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ސާޖިދާ އަށް ދައުވާ ކުރެވިދާނެ ކަމަށް ބުންޏެވެ.
އެކަމަކު އެ ކަމަކީ އެމްޑީޕީ އާއި އެޕާޓީގެ ޗެއާޕާސަން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވާތީ އެކަމުގައި އެ ޕާޓީ އާއި ފައްޔާޒު ޒިންމާވާން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.
ދައުވާގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން މާފަށް އެދުމަށް މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް އަމުރުކޮށް ދޭން އެދިފައިވެއެވެ. އެކަމަކު ކޯޓުގެ ހުކުމުގައި ބުނީ މަޖުބޫރުން މާފަށް އެދެން އެންގުމާއި މައާފު ކުރަން އެދެން ތަބީއަތާއި ހިލާފު ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ގާނޫނުގެ ދަށުން ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށްވީ ނަމަވެސް ރާއްޖޭގައި އެފަދަ ގާނޫނެއް ނެތް ކަމަށްވެސް ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ