މާލެ ސިޓީ ކައުންސިލްގެ ބިންތަކާއި އެ ބިންތަކުގެ ސައިޒު ހިމެނޭ ލިސްޓު އާންމުނުކޮށްގެން ކަންބޮޑުވުންފާޅު ކުރަމުންދަނިކޮށް، އެ ލިސްޓު އާންމު ކުރައްވާނެ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ބިންތަކާއި އެ ބިންތައް ކުއްޔަށް ދީފައިވާ މުއްދަތުތަކާއި ކުލީގެ އަދަދާއި އެ ބިންތައް ދީފައިވާ ކުންފުނިތަކުގެ ހޯދުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މޭޔަރު އާޒިމަށް ފޮނުވި ސިޓީ، ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުކޮށްފައެވެ.
ސައިފް އެ ސިޓީގައި ވިދާޅުވެފައި ވަނީ އެ ލިސްޓު ހިއްސާކުރުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އާޒިމް އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށާއި ކައުންސިލްގެ ތިން ބައްދަލުވުމެއްގައި އެކަން ފާހަގަ ކުރެއްވި ކަމަށެވެ.
ސައިފުގެ އެ ވާހަކަތަކާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ރޭ ވިދާޅުވީ އެ ލިސްޓު، ޝާއިއުކުރާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެ ލިސްޓް ނިމިފައި އޮތްކަން ސައިފަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ލިސްޓު އާންމުކުރާއިރު "މިސްޓޭކެއް" ނެތްކަން ޔަގީންކުރަން ޖެހޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އޭނާ މޭޔަރުކަމާ ހަވާލުވިއިރު، ސިޓީ ކައުންސިލަކީ "ބޮއްސުންލައި، ފުނޑުފުނޑުވެފައި އޮތް" ތަނެއް ކަމަށާއި މާލޭ ސިޓީ ކައުންސިލްގެ ވޭތުވެދިޔަ 15 އަހަރު އާންމުނުކޮށް އޮތް، އެ ކައުންސިލްގެ ބިންތަކުގެ ލިސްޓު އޭނާގެ މޭޔަރުކަމުގައި ޝާއިއުކުރައްވާނެ ކަމަށެވެ.
ރައްޔިތުންނަށް ނޭނގި މާލޭގެ ބިންތައް ދެމުންދާ ކަމަށް ސައިފް ކުރެއްވި ތުހުމަތު ތަކަށް ވެސް އާޒިމް ރޭ ޖަވާބު ދެއްވިއެވެ. އޭނާ ވިދާޅުވީ އެ ބިންތައް ދޫކޮށްފައި ވަނީ ސައިފްގެ ވެސް ވޯޓާ އެކުގައި ކަމަށެވެ.
"އިވެލުއޭޝަން ބިޑްތައް އައީމަ، އެ ބިޑުތައް ނިންމައި އެ އިވެލުއޭޝަންތައް ކައުންސިލްގެ ފްލޯއަށް ހުށަހެޅުމުން އެބޭފުޅާގެ ވޯޓާ އެއްކޮށް ފާސްކޮށްގެން އެ ބިންތައް އެ ހެރީ ދީފައި. ތިމަންނާއަކަށް ނޭނގޭ، ރައްޔިތުންނަށް ނޭނގެއޭ ބުނެ އެއީ ސީދާ އޮޅުވާލުން. އެކަހަލަ ކަންކަން ނުކުރުމަށް އެ ކުދިންނަށް އަޅުގަނޑު އިލްތިމާސްކުރަން،" އާޒިމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ