އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން އަންނާތީ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އެކްސްގައި ނިޒާރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރައްޓް ނެތި އަނެއްކާވެސް މުސީބާތުގެ ހާލަތު ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށެވެ. ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބބަބުން އެ ސިޓގެ ވިޔަފާރިތަކާއި އަމިއްލަފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށާއި އާންމު ހިދުމަތްތަކަށް ވެސް ހުރަސް އެޅެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ވަނީ ކަރަންޓް ކަނޑާލާފައި. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި. އަޅުގަޑުމެން އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫގެ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެލުމަކީ އިންސާފުވެރި ގޮތެއް ވެސް ނޫން ކަމަށެވެ. އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ރަގަޅު ނުވެވި ދެ އަހަރު ވާންކާރި ވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ގަބޫލް ނުކުރެވޭ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
މުޅި އައްޑޫން މިއަދުގެ މެންދުރުގެ ވަގުތެއްގައި ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. މެންދުރުފަހުގެ ވަގުތެއްގައި ފެނަކަ އިން ބުނީ އައްޑޫގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ބޮޑު ބަޔަކަށް ކަރަންޓު ދީފައިވާ ކަމަށެވެ،
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި