މާލެ ސިޓީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮންނަ "ތައިސޭކޮށި" މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި އެ ހުށަހެޅުން ޖަލްސާ އަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ހުށަހެޅުއްވީ ތައިސޭކޮށި ޒުވާނުންގެ ކަންކަމަށް ދޫކުރުމަށެވެ.
މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ތައިސޭކޮށި ހުރި ބިން އެއްކޮށްހެން ސާފުކޮށްފައެވެ. އާޒިމް ކައުންސިލަށް އެ ހުށަހެޅުން ހުށަހެޅުއްވީ އެ ބިން ހުސްކޮށް ނުބާއްވާ އެތަނުންވެސް ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށެވެ.
އާޒިމް ވަނީ ޖާގައިގެ ދަތި ކަމުން މިއުޒިކް އާޓިސްޓުންނަށް އެ މީހުންގެ ހުނަރުތައް ދައްކާލެވެން ނޯންނަ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. ތައިސޭ ކޮށި ކުއްޔަށް ދީގެން އެ ޒުވާނުންނަށް ޝޯ ފަދަ އެއްޗެހި ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
މޭޔަރު އާޒިމްގެ އެ ހުށަހެޅުއްވުން ކައުންސިލްގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.
ތައިސޭކޮށި ކުއްޔަށް ދޫކުރަނީ ސީއެސްއާރުގެ ދަށުންނެވެ. އެގޮތުން އެތަނުގައި ޓިކެޓު ވިއްކައިގެން ޝޯ ބާއްވާ ނަމަ ކައުންސިލަށް ޓިކެޓު އާމްދަނީން އެއްބައި ލިބޭ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ސައިފު ފާތިހު ހުށަހެޅި ހުށަހެޅުއްވުމަށް މޭޔަރު އާޒިމް ވަނީ ތާއީދު ކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ