ބޮލަށާއި ލޮލަށް ދީފައިވާ ފުން ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް، ރޭ ނިޔާވި އއ.މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ފޮނުވާފައި ވަނީ އިންޑިއާ އަށެވެ. އެއީ މިމަހުގެ 21ވަނަ ދުވަހުއެވެ.
ފުލުހުން މިރޭ ބުނީ އަބްދުއްރަހުމާންގެ ހަށިގަނޑު މިއަދު މާލެ ގެނައުމަށްފަހު މިރޭ 19:50ގައި މޯޗަރީއަށް ލާފައިވާ ކަމަށެވެ.
އޭނާ ނިޔާވީ މިމަހުގެ 12ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. ޖެހިގެން އައި އާދީއްތަ ދުވަހު އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށާއި އޮޓޮޕްސީ ހެދުމަށް މާލެ އަށް ވަނީ ގެނެސްފައެވެ
މާޅޮހު ކައުންސިލްގެ ނައިބު ރައީސް ފަޒީލް އަހުމަދު "ހަތާވީސް"އަށް މީގެކުރިން ވިދާޅުވީ އަބްދުއްރަހުމާންގެ ބޮލަށް ހަމާލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ލޮލަށް ހަމަލާދިނުމުގެ ސަބަބުން ލޯ ދުޅަވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ބޮލުގެ އެތައް މިތަނުން އެބަހުރި ތަޅާފައި. އަނިޔާކޮށްފައި،" ފަޒީލް ވިދާޅުވިއެވެ.
ހަތަރުސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށާއި މަރުގެ އެ ހާދިސާއާ ގުޅިގެން މުޅި ރަށަށް "ޝޮކެއް" ލިބިފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ