ރާއްޖޭގެ 60ވަނަ މިނިވަން ދުވަހު ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި އިންތިޒާމު ކޮށްފައި ވާތީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް މާލެ ސަރަޙައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ މެންދުރު 13:00 އިން 18:00 އަށް ބަރު އުޅަނދުތަކުގެ ތެރެއިން ފަސް ކެޓަގަރީއެއްގެ އުޅަނދުތައް ދުއްވުން މަނާ ކޮށްފައިވެއެވެ. މިނިވަން ދުވަހު ހަވީރު މެންދުރުފަހު 15:00 އިން ހަވީރު 18:00އާ ހަމައަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތައް ދުއްވުން ވަނީ މަނާ ކޮށްފައެވެ. އަދި 27ވަނަ ދުވަހުގެ ހަވީރު 18:00 އިން ރޭގަނޑު 00:00އާ ހަމައަށް ފަސް ކެޓަގަރީއެއްގެ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.
މަނާ ވަގުތުތަކުގައި ދުއްވާ ވެހިކަލްތަކަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ އިއުލާނުގައި ޓްރާންސްޕޯޓުން ބުނެފައިވެއެވެ.
އެކަމަކު ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސާއި ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އެ ވަގުތުތަކުގައި ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ