އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް މޯދީ ހަމަޖެއްސެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ޝުކުރު ދަންނަވައިފިއެވެ.
އިބޫ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ދެމެހެއްޓެނިވި އަދި ގިނަގުނަ ގުޅުންތަކުގެ ރަމްޒެއް ކަމަށެވެ. ގޮންޖެހުން ބޮޑު ދަނޑިވަޅެއްގައި ރާއްޖެއަށް އެފަދަ ރަސްމީ ދަތުރުފުޅެއް މޯދީ ކުރެއްވުމަކީ ދިވެހިންނަށް މޯދީ ކުރައްވާ އިހްތިރާމް ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"ދަތުރުން އެނގޭކަމަކީ ސިޔާސީ ގޮތުން އުފެދުނު ހަމަނުޖެހުންތަކަށް ބެލުމެއް ނެތި، ދިވެހިރާއްޖެއަކީ އިންޑިޔާގައި އިތުބާރުކުރެވޭ އަދި ސާބިތު އެކުވެރިއެއް ކަމެވެ،" އިނގިރޭސީ ބަހުން އިބޫ ނެރުއްވި ބަޔާނުގައިވެއެވެ.
މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ ކާމިޔާބު ދަތުރަކަށްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ. މި ދަތުރުން އަނެއްކާވެސް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި