ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފިއެވެ.
ދިވެހި ބަހުން މޯދީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް އާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
"އޭގެތެރޭގައި ދެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ. 20ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް. ރާއްޖޭގައި ކެޕޭސިޓީ ބިލްޑިން އަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެ،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
ނަޝީދާ ބައްދަލުކުރައްވަވާ މޯދީ ވިދާޅުވީ ނަޝީދަކީ އަބަދުވެސް ރާއްޖެ-އިންޑިއާގެ އެކުވެރިކަމަށް ވަރުގަދަ އަށް ވަކާލާތު ކުރައްވަވާ ބޭފުޅެއް ކަމަށެވެ.
"ނެއިބާހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު،" މޯދީ ވިދާޅުވިއެވެ.
މީގެއިތުރުން މޯދީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
"ދެގައުމުން ދަނީ އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން. މިކަމުން ދެގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރޭ. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދިޔުން،" މޯދީ ވިދާޅުވިއެވެ.
މޯދީ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އިއްޔެ ދެގައުމުގެ ވެރިންނާ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ