ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގެ ޓީމާ ބައްދަލުކުރައްވައިފިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަނީ އެފްކޮންސް އިންފްރާސްޓްރަކްޗާ އިންނެވެ. މި ކުންފުންޏަކީ އިންޑިއާގެ ކުންފުންޏެވެ. ބޮޑުވަޒީރު މޯދީ ވަނީ ބްރިޖުގެ މަސައްކަތް ކުރަމުން ކުންފުނީގެ ޓީމާ ބައްދަލުކުރައްވާފައެވެ.
މޯދީ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އިއްޔެ ދެގައުމުގެ ވެރިންނާ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވިއެވެ.
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިހާރު ވަނީ އެނބުރި އިންޑިއާ އަށް ވަޑައިގަތުމަށް ފުރާވަޑައިގެންފައެވެ.
ތިލަމާލެ ބްރިޖަކީ ވެސް އިންޑިއާގެ އެހީގައި ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއުއެކެވެ. ހައެއް ޕޮއިންޓު ހަތަރެއް ހަތެއް ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ