ދާދިފަހަކާއި ޖެހެންދެން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާތުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާނަށް ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ލަގަބު އަރުވައިފިއެވެ.
މި ޝަރަފު އެމަނިކުފާނަށް އެރުއްވީ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ކުރިޔަށްދާ ރަސްމީ ޖަލްސާގައެވެ. މުއުތަސިމަށް އެ ލަގަބު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަށްފަހު މުއުތަސިމް އެ މަގާމުން ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އެމަނިކުފާނު އެ މަގާމުން ރިޓަޔާ ކުރެއްވީ މިމަހުގެ 21ވަނަ ދުވަހުއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރެއްވި މުއުތަސިމް އަދުނާނަކީ 2010ވަނަ އަހަރުން 2014ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އުއްތަމަ ފަނޑިޔާރަކަށް ވަޑައިގަތީ 2019ވަނަ އަހަރުއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ