ވިލާ ކުންފުނީގެ ވެރިޔާ އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމަށް ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ޝަރަފު އަރުވައިފިއެވެ.
މި ޝަރަފު އެމަނިކުފާނަށް އެރުއްވީ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ކުރިޔަށްދާ ރަސްމީ ޖަލްސާގައެވެ. މުއުތަސިމަށް އެ ލަގަބު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ގާސިމަށް އެ ޝަރަފު އެރުއްވުމުގެ ގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ ގާސިމަށް އެ ޝަރަފު އެރުއްވީ އިޖުތިމާއީ ދާއިރާ އާއި އިގްތިސޯދީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އަށް ގާސިމް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި ގާސިމަކީ ދިވެހި ދައުލަތަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅަކަށް ވާތީ އާއި ޑިމޮކްރަސީ ގެނައުމުގައި މުހިއްމު އަދި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅަކަށް ވާތީ ކަމަށް ރައީސް މުއިއްޒުގެ ގަރާރުގައިވެއެވެ.
ގާސިމަށް 2013ވަނަ އަހަރު ނިޝާން މުލީގެ ޝަރަފު ވަނީ މީގެކުރިން ވަނީ ދެއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ