ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް ޑިސަނަޔަކެ ބައިވެރިވެވަޑައިގެންފިއެވެ.
މި ޕްރޮގްރާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައި ވަނީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހުއެވެ.
ސްރީލަންކާގެ ރައީސް ޑިސަނަޔަކެ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިއަދު ވަނީ ސަލްޓަން ޕާކުގައި ގަހެއް އިންދަވައިފައެވެ. އެމަނިކުފާނު އިންދެވީ މޫނިމާ ގަހެކެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ހަރަކާތަކީ ދެގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެއް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ