ގއ. ވިލިނގިލީގައި އެމްޑީޕީ ސަރުކާރުން އިމާރާތްކޮށްފައިވާ ރޯހައުސްތައް ނާއިންސާފުން ދޭ ކަމަށް ބުނެ، އަންހެނަކު އެ ރަށު ކައުންސިލް ކުރިމަތީގައި މިއަދު އިހްތިޖާޖުކޮށްފިއެވެ.
ކައުންސިލް އިދާރާގެ ދޮރުމަތީގައި އޮށޯވެގެން އޮވެ، އަންހެނަކު އިހްތިޖާޖު ކުރީ އޭނާގެ ހަތަރު ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންގެ ހައްގުގައި އޭނާއަށް ލިބެންޖެހޭ ރޯހައުސް ނާއިންސާފުން ބަޔަކަށް ދީފައިވާ ކަމަށް ބުނެއެވެ.
ވިލިނގިލީ ކައުންސިލް ރައީސް ވިޝާލް މުހައްމަދު "ހަތާވީސް"އަށް މިއަދު ވިދާޅުވީ ރޯހައުސްތައް ދިނުމުގެ މަސައްކަތް އެ ކައުންސިލުން އަދި ނުވެސް ފަށާ ކަަމަށާއި އިހްތިޖާޖު ކުރީ އޭނާއަށް ލިބިފައިވާ ދޮގު މައުލޫމާތަކަށް ކަމަށެވެ.
"ރޯހައުސްއާ ބެހޭ އެއްވެސް ކަމެއް އަދި އަޅުގަނޑުމެން ނުކުރަން. މިނިސްޓްރީއަށް އެ މައުލުމާތު ފޮނުވަމުން އަޅުގަނޑުމެން މިދަނީ. ޚާލިދާ [އިހްތިޖާޖު ކުރި މީހާ] އެ އުޅެނީ ބަޔަކު ދޮގު މައުލުމާތު ދީގެން އިހްތިޖާޖަށް ނުކުމެ،" ވިޝާލް ވިދާޅުވިއެވެ.
ރައީސް އިބޫގެ ސަރުކާރުން ވިލިނގިލީގައި 50 ރޯހައުސް ވަނީ އިމާރާތް ކުރަން ފަށާފައެވެ. ނަމަވެސް މިހާރު އެ ރޯހައުސްތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ރައީސް ނަޝީދުގެ ސަރުކާރުން ވިލިނގިލީގައި އިމާރާތްކޮށް ނިންމި 52 ރޯހައުސްގެ ތެރެއިން ދެ ރޯހައުސް ނުދެވި އޮތުމުން، އެ ދެ ރޯހައުސް ހޯދުމަށް ވިލިނގިލީ ގިނަ ބަޔަކު ވަނީ ކުރިމަތިލާފައެވެ.
ވިޝާލް ވިދާޅުވީ އެ ދެ ރޯހައުސް ދޭނީ އަލަށް އިމާރާތް ކުރަން ފެށި 50 ރޯހައުސްއަށް ކުރިމަތިލި މީހުންނާ އެކުގައި ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ