ޕާކިސްތާނުގެ ވިޔަފާރީގެ މަރުކަޒީ ރަށް، ކަރާޗީގެ މަތީ ފަންތީގެ ހޮޓެލްތަކަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ނުދިޔުމަށް ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.
މަތީ ފަންތީގެ ހޮޓެލްތަކަށް އަމާޒުކޮށްގެން ހަނގުރާމަވެރިން ހަމަލާއެއް ދީފާނެކަމުގެ ބިރު އުފެދުމާއި ގުޅިގެން ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލުން ވަނީ އެމެރިކާގެ އެއްވެސް އޮފިޝަލަކަށް މަތީ ފަންތީގެ ހޮޓަލަކަށް މިދުވަސްވަރު ނުދިޔުމަށް އަންގާފައެވެ.
މީގެ އިތުރުން އާއްމުން ގިނައިން އެއްވާ ތަންތަނުގައިވެސް ޚާއްސަ ސަމާލުކަމެއް ދީގެން އުޅުމަށް ކޮންސިއުލޭޓުން ވަނީ އެމެރިކާގެ އޮފިޝަލުންނަށް އަންގާފައެވެ.
ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމާއެކު، ކަރާޗީއަށް ދަތުރުކުރުމުގެ ކުރިން ވިސްނާލުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރީއްސުރެ ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ލަފާދީފައިވެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކަރާޗީގައި ތިބި އަދި އެ ސިޓީއަށް ދަތުރުކުރާ އެމެރިކާގެ އޮފިޝަލުންނަށް މަތީ ފަންތީގެ ހޮޓެލްތަކަށް ނުދާން އަންގާފައިމިވަނީ، އެމެރިކާއާއި ޕާކިސްތާނާއި ދެމެދު ތެލުގެ ވިޔަފާރީގެ މުހިއްމު މަޝްވަރާތަކެއް ކުރިއަށް ދަނިކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ