ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ.
ރައީސުންގެ އަމިއްލަ ދަތުރުފުޅުތަކުގެ ތަފްސީލުތަކެއް ރައީސް އޮފީހުން ހާމައެއް ނުކުރާނެއެވެ.
މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ވެސް ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ވަޑައިގަތެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ