ކުޅުދުއްފުށި ސިޓީއިން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި، އޭގެތެރެއިން ސަލާމަތްކުރި 66 އަހަރުގެ ދިވެހި ފިރިހެނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:55 ހާއިރު ހދ. ކުމުންދޫ ކައިރިންނެވެ. އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ޖުމްލަ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ދެ ދިވެހިންނެވެ.
ދޯނި ބަންޑުން ޖެހުމާ ގުޅިގެން ސަލާމަތްކުރެވުނު ފަރާތްތަކުގެ ތެރެއިން 66 އަހަރުގެ ދިވެހި ފިރިހެނާ ނިޔާވެފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. އަދި "މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން" ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި ސަލާމަތްކުރެވުނު އެހެން ތިން މީހުންގެ ހާލު މި ވަގުތު ހުރި ގޮތެއް އަދި އެނގިފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ