ފަލަސްތީނުގެ ގާޒާ ހިސޯރަ ކުރަން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރެއްވުމުން، އެކަމާ ދެކޮޅަށް ޗައިނާ، ތުރުކީ އަދި އިނގިރޭސީވިލާތުން އަޑު އުފުލައިފިއެވެ.
އިޒުރޭލު ކެބިނެޓުން އެކުލަވާލި ޕްލޭންގައިވާ ގޮތުން، ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ ހަމާސްއިން ރައްދުގައި ހަތިޔާރު ނެގުން ހުއްޓާލުމުންނާއި ރަހީނުކޮށްފައިވާ އިޒުރޭލު އެންމެން ދޫކޮށްލުމުންނެވެ. މީގެ އިތުރުން، ގާޒާއަކީ ހަތިޔާރު ގެންގުޅޭ ތަނަކަށް ނުހެދުމަށާއި، އިޒުރޭލުގެ އަސްކަރީ ކޮންޓްރޯލް އޮންނަ ގޮތަށް ގާޒާގެ ބައެއް ސަރަހައްދުތަކުން ފުރުސަތު ދިނުމަށް ވެސް އެ ޕްލޭންގައި ހިމެނެއެވެ.
މި ކަމާ ގުޅިގެން ޗައިނާއިން ވަނީ "ސީރިއަސް ކަންބޮޑުވުންތަކެއް" ފާޅުކޮށް، އިޒުރޭލުގެ ނުރައްކާތެރި އެ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އޭއެފްޕީ ނިއުސް އޭޖެންސީއަށް ވިދާޅުވީ، "ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ އަދި ފަލަސްތީނު ސަރަޙައްދުގެ ވަކިނުކުރެވޭނެ ބައެއް" ކަމަށެވެ.
ހަމާސްއިން އިޒުރޭލުގެ އެ ޕްލޭނާމެދު ދެކޭގޮތް ހާމަކުރަމުން ބުނެފައިވަނީ މިއީ "ހަނގުރާމައިގެ ކުށެއް" ކަމަށެވެ. އަދި "އޮކިއުޕޭޝަން" ގެ ބަދަލުގައި "ކޮންޓްރޯލް" މި ލަފްޒު އިޒުރޭލުން ބޭނުންކުރަނީ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކުށުގެ ޤާނޫނީ ޒިންމާއިން ސަލާމަތްވުމަށް ކަމަށް ހަމާސްއިން ފާހަގަކޮށްފައިވެއެވެ.
ހަމާސްއިން އިތުރަށް ބުނެފައިވާ ގޮތުގައި ސުލްހައިގެ މަޝްވަރާތަކުން އިޒުރޭލް އަމިއްލައަށް ބޭރުވީ ސުލްހަވެރި ހައްލަކާ ހަމައަށް ދާން އުޅެނިކޮށެވެ. އަދި ދެ ގައުމުން ވެސް ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
އިޒުރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 38،000 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންނެވެ. އަދި ކުޑަކުދިންނާއި އަންހެނުން ވެސް މަރުވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ