ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކާ ގުޅިގެން ޕީއެންސީގެ އިސް މަޖިލިސް މެންބަރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ވާހަކަތައް ދޮގުކޮށް، "ޑިފެންސަށް" ފައިބައިފިއެވެ.
އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އައްބާސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މަޖިލިސް މެންބަރުން، ގޮނޑި ގެއްލުނަސް ހެޔޮކަމަށް ބަލާފައި ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ. އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި ކަމަށް އައްބާސް ބުނެފައިވެއެވެ. އެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "މި ބައްދަލުވުމުގައި އަޅުގަނޑުވެސް ބައިވެރިވީން. މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް. މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ" ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "ހަގީގަތާ ހިލާފު ވާހަކަ ފަތުރައިގެން ޕީއެންސީ ޕީޖީ ގްރޫޕް ބަލިކަށިކުރެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް" ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވީ އެ ބައްދަލުވުމުގައި އިންނެވި މެންބަރެއްގެ ހައިސިއްޔަތުން އައްބާސް އެ ވިދާޅުވާ ކަންކަން ހިނގާފައި ނުވާ ކަމަށެވެ. އަދި މިއީ "ބަދަހި ސަފުތައް ރޫޅާލާނެ ސިޔާސީ ރޭވުންތައް ފުލުފުލުން ފެއިލްވަމުން ދާތީ" ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ "ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް މިފަދަ ބުހްތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް" ކަމަށެވެ.
އައްބާސް ފެތުރި ވާހަކަތަކުގައި ވިދާޅުވެފައިވަނީ ޕީއެންސީގެ މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހިގެން ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ. އަދި މެންބަރުން ގޮނޑި ގެއްލުނަސް މިކަން ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ޕީއެންސީގެ އިސް މެންބަރުން މި ވާހަކަތައް ދޮގުކޮށް، ޕާޓީގެ އެއްބައިވަންތަކަން ދައްކުވައިދޭ މެސެޖުތައް ވަނީ ފަތުރާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ