ގައްޒާގެ ކޮންޓްރޯލް ހޯދުމަށް އިޒުރޭލުން ރާވާފައިވާ ޕްލޭން ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒުރޭލުގެ މި އަމަލަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ސީދާ ޚިލާފު ކަމެއް ކަމަށެވެ.
އިޒުރޭލު ކެބިނެޓުން އެކުލަވާލި ޕްލޭންގައިވާ ގޮތުން، ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ ހަމާސްއިން ރައްދުގައި ހަތިޔާރު ނެގުން ހުއްޓާލުމުންނާއި ރަހީނުކޮށްފައިވާ އިޒުރޭލު އެންމެން ދޫކޮށްލުމުންނެވެ. މީގެ އިތުރުން، ގާޒާއަކީ ހަތިޔާރު ގެންގުޅޭ ތަނަކަށް ނުހެދުމަށާއި، އިޒުރޭލުގެ އަސްކަރީ ކޮންޓްރޯލް އޮންނަ ގޮތަށް ގާޒާގެ ބައެއް ސަރަހައްދުތަކުން ފުރުސަތު ދިނުމަށް ވެސް އެ ޕްލޭންގައި ހިމެނެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގައްޒާގެ ކޮންޓްރޯލް ހޯދުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤަށް ސީދާ ދެކޮޅު ހަދައި، އިޒުރޭލުގެ އަސްކަރީ ވެރިކަމެއް އެތަނުގައި ގާއިމުކުރުމަށް އުޅުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ސާފު ޚިލާފުވުމެކެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައި، ގައްޒާގެ ކޮންޓްރޯލް ހޯދުމަށް އިޒުރޭލުން ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ހިސޯރަކޮށްފައިވާ ފަލަސްޠީނު ސަރަޙައްދުތަކުގައި ކޮށްފައިވާ އެންމެހާ ޚިލާފުވުންތަކަށް އިޒުރޭލު ޒިންމާދާރުކުރުވުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށެވެ.
މީގެއިތުރުން ދިވެހި ސަރުކާރުން ވަނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ގުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކަމުގައި ކަނޑައެޅުމަށް ގޮވާލާފައެވެ. އަދި މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނޭ ގޮތުން، ފަލަސްޠީނު ރައްޔިތުންގެ އިންސާފުވެރި އަދި ޤާނޫނީ ޙައްޤުތައް ހޯދައިދިނުމަށްވެސް ގޮވާލާފައިވެއެވެ.
ފަލަސްޠީނު މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރަމުންނެވެ. އަދި އިޒުރޭލުން ފަލަސްޠީނު ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތް ކުށްވެރިކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ