މުޅި މާލެ އާއި ހުޅުމާލެއިން ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ކަރަންޓު ކެނޑުނުއިރު ވެސް، އެ މައްސަލަ ތަހުގީގުކޮށް އަދިވެސް ނުނިމެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ދިއުމުން ރައީސް މުއިއްޒު ރާއްޖެއިން ބޭރުގައި ހުންނަވައި ކުރެއްވި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސީރިއަސް މައްސަލައެއްގެ" ގޮތުގައި އެކަން ބަލަމުން ގެންދާ ކަމަށެވެ.
އެންމެ ފުރަތަމަ މުޅި މާލެއިން ކަރަންޓް ދިޔައީ މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެސް މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔައެވެ. އަދި މިއަދު ހެނދުނު 9:30 އިން ފެށިގެން މާލެ ސަރަހައްދަކު ކަރަންޓެއް ނެތެވެ.
ސްޓެލްކޯއިން ބުނީ މިއަދު ހެނދުނު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުން، މުވާސަލާތީ ހިދުމަތްތަކަށް ވަނީ ދަތިވެފައެވެ. ދިރާގާއި އުރީދޫގެ ބެކަޕް ހިފަހައްޓަނީ މަދު ގަޑިއިރުތަކަށެވެ. ކަރަންޓު ނުލިބިއްޖެނަމަ، މުޅި މާލެ ސަރަހައްދުގެ މުވާސަލާތީ ހިދުމަތްތަކަށް ބުރޫއަރާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ