ފަލަސްތީނުގެ ޒާގައި ކާބޯތަކެތި ނުލިބިގެން 200 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައިހޫނުކަމުގައި މަރުވި މީހުންގެ ތެރޭގައި 96 ކުޑަކުދިން ހިމެނެއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ވެސް ހައިހޫނުކަމުގައި ގާޒާއިން ހަތަރު މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. އެ ދެ މީހުންނާ އެކު، ހައިހޫނުކަމުގައި ގާޒާއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 197އަށް އަރާފައެވެ.
ގާޒާގައި ކާނާ ހޯދުން ވަނީ ނުރައްކާތެރި ކަމަކަށްވެފައެވެ. ސަބަބަކީ އެއްގަމު މަގުން ކާނާ ފޯރުކޮށްދިނުން ހުއްޓުވާފައިވުމުން، ވައިގެ މަގުން ދޫކުރާ އެހީގެ ތަކެތި އިމާރާތްތަކުގެ ތެރޭގައި ތާށިވެ، ލިބެންޖެހޭ ފަރާތްތަކަށް އެތަކެތި ނުލިބިވެއެވެ. އިޒުރޭލުގެ އަނިޔާވެރިކަން ބޮޑުވެ، ގާޒާއަށް އެހީ ފޯރުކޮށްދިނުން ދަތިކުރަމުންދާ ދަނޑިވަޅުގައި، ހިތްދަތިކަމުގައި އެތައް ސަތޭކަ ފަލަސްތީނު މީހުން ދަނީ މަރާ ހަނގުރާމަކުރަމުންނެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓަރ ޓެޑްރޮސް އަދަނޮމް ގެބްރެއެސަސް އިންޒާރުދެއްވާފައި ވަނީ ގާޒާގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 12،000 ކުދިން ޅައުމުރުގައި ލިބެންޖެހޭ ކާނާ ނުލިބުމުގެ ސަބަބުން ސިއްހީ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
އަލް ޖަޒީރާގެ ނޫސްވެރިޔާ އިބްރާހިމް އަލް-ޚަލީލީ ބުނެފައިވާ ގޮތުން ގާޒާ މިހާރުގެ މަންޒަރުތަކުން ސިފަވަނީ "އާޚިރަތް ދުވަސްހެން"،ނެވެ.
"މި މަންޒަރުތަކުން ފެންނަނީ ކާނާ ހޯދުމަށް ކުރާ މަސައްކަތެއް ނޫން. މިއީ ދިރިހުރުމަށްޓަކާ ކުރާ ހަނގުރާމައެއް،" އެހީގެ ތަކެތި ބިމަށް ނުވެއްޓި، ހަލާކުވެފައިވާ އިމާރާތްތަކުގައި އެލިފައިވާ މަންޒަރު ކިޔައިދެމުން އޭނާ ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ