މިދިޔަ ޖޫން މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދަށްވުރެ މިދިޔަ ޖުލައި މަހު އެ އަދަދު އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 168 މީހުންނެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 188 އަށް އިތުރުވެފައެވެ.
އެހެންކަމުން ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ޑެންގީ ހުމުގެ އިތުރުން އަރިދަފުސް ރޯގާ ވެސް ވޭތުވެދިޔަ ދެ މަހު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޖޫން މަހު 33،156 މީހަކު ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު މިދިޔަ މަހު ރިޕޯޓު ކޮށްފައި ވަނީ 30،705 މީހަކަށެވެ. މިއީ މިދިޔަ އަހަރުގެ ޖޫން އަދި ޖުލައި މަހާ އަޅާ ބަލާއިރު އިތުރުވުމެކެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 27،944 މީހަކަށެވެ. ޖުލައި މަހު ރިޕޯޓު ކޮށްފައި ވަނީ 30،486 މީހަކަށެވެ.
މިދިޔަ މަހުގެ ތެރޭގައި އިންފްލުއެންޒާ އަށް 579 މީހަކު ޓެސްޓު ކޮށްފައިވާއިރު 314 މީހަކު ވަނީ އިންފްލުއެންޒާ ޕޮޒިޓިވްވެފައެވެ. މިއީ ޖޫން މަހާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ. ޖޫން މަހު އިންފްލުއެންޒާ އަށް ޓެސްޓު ކުރީ 608 މީހެކެވެ. ޕޮޒިޓިވްވެފައި ވަނީ 185 މީހެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ