ރައްޔިތުން މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު އިތުރު އެއް ހަފްތާއަށް ދަންމާލުމަށް މިއަދު ބޭއްވި ޖަލްސާގައި ފާސްކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު މިމަހުގެ 15ވަނަ ދުވަހަށް ހަމަވާނެއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކުރީ މިމަހުގެ 21ވަނަ ދުވަހާއި ހަމައަށް ދަންމާލާށެވެ.
މިއަދުގެ ނެގި ވޯޓުގައި އެގޮތަށް ފާސްކުރީ 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ދެވަނަ ދައުރު އިތުރު އެއް ހަފްތާ އަށް ދަންމާލި ސަބަބެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ނިންމުމަށް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ