ދިވެހި ރައްޔިތުންނާއި ގުޅުންހުރި ކަންކަމަށްވުރެ މުހިއްމު އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހިތާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ހުރިހާ ރަށެއްގައި ވެސް ހަމަހަމަ އުސޫލަކުން ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ގޮތް ހަމަޖައްސައި ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކޮށްފައި ވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ބައެއް ރަށްރަށުގައި މަސައްކަތްތައް ފެށިގެން ކުރިޔަށްދާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް އެ ރަށެއްގެ ރައްޔިތުން ހިތްހަމަ ނުޖެހޭ ގޮތަކަށް ނުފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އެ ފާހަގަކުރެއްވީ ބައެއް ރަށްރަށުގައި ތާރު އެޅުމާއި ގައު އެތުރުމަށް ބައެއް ރަށްތަކުގެ ރައްޔިތުން ނުރުހޭ މައްސަލައެވެ.
ރައީސް ވަނީ ހިތާދޫގެ މަގުތައް ވެސް ހަދާނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. މިއަދު އެރަށުގައި ވަނީ ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ