ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް އަތުލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މަޖިލީހުން އެ ބިލު ފާސްކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، ރައީސް އެ ބިލު މިއަދު ތަސްދީގު ކުރެއްވިކަން އާންމު ކުރީ ރައީސް އޮފީހުން މިރޭ ނެރުނު ޚަބަރެއްގައެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ގާނޫނަށް ގެނައި ބަދަލުތައް
- ކުރިއަށް އޮތް އެއް އަހަރަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނެ
- މުވައްޒަފުން ނަގާނަމަ، ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ
- ކައުންސިލްތަކުގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ނުދިނުން
- ކުރިއަށް އޮތް އެއް އަހަރު ކައުންސިލްތަކުން އާ މަޝްރޫއުތައް ނުހިންގުން
- ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުނިތަކަށް ލިބޭ ބާރުތައް ހަނިކުރުން
- ރަށުގައި ކުރާ ވިޔަފާރިތައް ކައުންސިލުން ހަދާ ކުންފުންޏަކަށް ނުކުރެވޭނެ
- ފިނޭންސް މިނިސްޓްރީން އަންގާ ގޮތަށް ކައުންސިލްތަކުގެ އެކައުންޓް ބެލެހެއްޓުން
ރައީސް އެ ބިލު ތަސްދީގު ކުރި ކަމަށް ބުނެ، ރައީސް އޮފީހުން އާންމު ކުރި ޚަބަރުގައި ބުނެފައި ވަނީ އެ ބިލަކީކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖާކޮށްފައިވާ ކަމަށެވެ.
އެ ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޒުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމަށް ބިލުގައިވެއެވެ.
އެ ބިލު ތަސްދީގުކުރުމާ ދެކޮޅަށް 80 އަށް ވުރެ ގިނަ ކައުންސިލްތަކުން ނޫސްބަޔާން ނެރުނެއެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލްތައް ވެސް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ