ރާއްޖެއަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެކުރަން އުޅެނިކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިފުޅު މޯލްޑިވްސް ކަސްޓަމްސް އިން ރޭ ހިފަހައްޓައި ޖޫރިމަނާ ކޮށްފިއެވެ.
ކަސްޓަމްސް އިން ބުނީ ރޭ ރާއްޖެއަށް ވަގަށް ވޭޕް އެތެރެކުރަން އުޅެނިކޮށް ދެ މީހަކު ހިފަހައްޓައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ހިފެހެއްޓި މީހުންގެ މައުލޫމާތެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.
ކަސްޓަމްސް އިން ހިފެހެއްޓި މީހުންގެ ތެރޭގައި މިނިސްޓަރު ޝަހީމްގެ ދޮށީ ފިރިހެން ދަރިކަލުން ހިމެނޭ ކަމަށް އެކި މަސްދަރުތަކުން "ހަތާވީސް" އަށް ވަނީ ކަށަވަރު ކުރެވިފައެވެ. ކަސްޓަމްސް އިން ޝަހީމްގެ ދަރިފުޅުގެ އަތުން 118 ވޭޕް ސްޓިކް ހޯދިއެވެ.
ސޯޝަލް މީޑިއާގައި ވެސް މިކަމާއި ގުޅުންހުރި ލިޔެކިއުންތައް ވެސް އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް އެ ލިޔެކިއުންތަކާއި ގުޅޭ ގޮތުން ކަސްޓަމްސް އިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ