ރާއްޖެއަށް އަހަރުގެ މިހާތަނަށް އައިއިރު 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މިމަހުގެ 16ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1,402,715 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. މިމަހުގެ 16 ދުވަހުގެ ތެރޭގައި ވެސް 107,847 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
ރާއްޖެ އަށް އަހަރުގެ މިހާތަނަށް އައިއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ފުރަތަމަ ތިން މަހުއެވެ. އެގޮތުން ޖެނުއަރީ މަހު 214,863 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ފެބްރުއަރީ މަހުގެ ތެރޭގައި 214,091 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. އަދި މާޗު މަހުގެ ތެރޭގައި 203,468 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އައިސްފައި ވަނީ ޗައިނާ މާކެޓުންނެވެ. އެގޮތުން ޗައިނާ އިން 215,388 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ރަޝިޔާ މާކެޓުން 166,496 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 128,786 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ