ފުލުހުންގެ ބަންދުގައި ހުރި 48 އަހަރުގެ މީހަކު މިއަދު ފަތިހު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ނިޔާވެފައިވަނީ މިއަދު ފަތިހު 05:50 އެހައިކަށްހާއިރުއެވެ. ފުލުހުން ބުނީ، އަފްރާޙްގެ ހާލަތު ބެލިއިރު ހަރަކާތް ހުއްޓިފައި ހުރިކަން ފާހަގަކުރެވުމާ ގުޅިގެން، ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވެސް ނިޔާވެފައިވާ ކަމަށެވެ. އަފްރާޙް ހައްޔަރުކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން، އޯގަސްޓް 15 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ކުރިއަށެވެ. އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައިވެއެވެ. މި މައްސަލައިގައި އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ