ފ. މަގޫދޫ ކައުންސިލްގެ ދައުވަތަކަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެ ރަށަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.
ރައީސް އިބޫއާ އެކު އެ ދަތުރުފުޅުގައި މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަހުމަދު ރަޝީދު ހުސައިން (ބިގޭ) އާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ބައިވެރިވެވަޑައިގަންނަވައެވެ.
ސީޕްލޭނެއްގައި ރައީސް އިބޫ މަގޫދޫއަށް ވަޑައިގެންނެވުމާ އެކު، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް) އެވެ.
މަގޫދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެކެވެ. އެ ރަށުގެ ފަސް ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ.
އިބޫ މަގޫދޫއަށް ވަޑައިގެންފައި މި ވަނީ ކައުންސިލް އިންތިހާބާ ދިމާކޮށް، ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެނެސްފައިވަނިކޮށެވެ. އެގޮތުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ސަރުކާރަށް ވަނީ ނަގާފައެވެ. ސަރުކާރުން އެ ގާނޫނަށް ގެނައި ބަދަލާ އެކު، ކައުންސިލްތަކުން އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނިތައް ހުއްޓޭނެއެވެ. އަދި ވަޒީފާތަކަށް މުވައްޒަފުން ނަގާނަމަ، ސަރުކާރުގެ ހުއްދަ ހޯދަން ވަނީ ލާޒިމުކޮށްފައެވެ. އަދި ރަށް ރަށުން ބިން ކުއްޔަން ދިނުން ވެސް ކުރިއަށް އޮތް އެއް އަހަރަށް ވަނީ ހުއްޓުވާފައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް އެންމެ ބޮޑު ބާރެއް ދެއްވީ އިބޫއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ އާންދަނީން ވަކި ޕަސެންޓެއް ކައުންސިލްތަކަށް ކޮންމެ އަހަރަކު "ބްލޮކް ގްރާންޓު"ގެ ގޮތުގައި ދޭން ވަނީ ފަށާފައެވެ. އަދި ކުދި ރަށްތަކުގެ ކައުންސިލަރުންގެ އަދަދު ތިން ކައުންސިލަރުންގެ ބަދަލުގައި ފަސް ކައުންސިލަރުންނަށް ބަދަލުކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރެއްވީ ވެސް އިބޫއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި