ފ. މަގޫދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ ދަތުރުވެރިންގެ ހިޔާ، ރަސްމީ ފާލަން އަދި ލައިސަންސް ޓްރެކް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މަގޫދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ މި ތަންތަނަށް ޖުމްލަ 990,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެގޮތުން ދަތުރުވެރިންގެ ހިޔާއަށް 650,000 ރުފިޔާ، ރަސްމީ ފާލަމާއި ވޯކްވޭއަށް 150,000 ރުފިޔާ އަދި ލައިސަންސް ޓްރެކަށް 190,000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މަގޫދޫ ކައުންސިލުން މިވަގުތު ވެސް އަންނަނީ ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މަގޫދޫ ސްކޫލުގައި ލައިބްރަރީއަކާއި ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ރައީސް ޞާލިޙުގެ ވެރިކަމުގައި މަގޫދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމައި، އައުޓްޑޯ ވޮލީ ކޯޓަކާއި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްފައިވެއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢުގެ ގޮތުގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތުގެ ބޮޑު ބައެއް އެ ދައުރުގައި ނިންމާލެވިފައިވެއެވެ. ނަމަވެސް 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމާއެކު އެއަރޕޯޓުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި