ހައްގަށް ނަސްރު ދިނުމުގައި އަދާލަތު ޕާޓީ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އިމްރާން އެހެން ވިދާޅުވީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އާންމު ކުރި ވީޑިއޯ ހިތާބެއްގައެވެ.
އިމްރާން ވިދާޅުވީ އިލްމުވެރިންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ސިޔާސީ ޕާޓީއެއް އުދެއްދުމުގެ މަސައްކަތް ފެށީ 2005 ވަަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާއްސަ ގަރާރަކުން ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދިނުމުން ކަމަށެވެ.
"ގިނަ އަދަދެއްގެ އިލްމުވެރިންނާއި މަދަނީ ތައުލީމުގެ ބޭފުޅުން ގުޅިގެން ކުރި މަސައްކަތުން 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ދުވަހު ރަސްމީކޮށް އަދާލަތު ޕާޓީ ރަޖިސްޓްރީ ކުރެވިގެންދިޔަ. މިއަދަކީ އެ ބޮޑު ތާރީހީ މަސައްކަތަށް 20 އަހަރު ފުރޭ ޚާއްސަ މުނާސަބާ،" އިމްރާން ވިދާޅުވިއެވެ.
ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އަދާލަތު ޕާޓީން ދީނީ، އިޖުތިމާއީ އަދި އިސްލާހީ ގިނަ މަސައްކަތްތަކެއްކޮށްފައިވާނެ ކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ވޭދުވެދިޔަ 20 އަހަރު އެންމެ ގިނަ ދުވަހު ރާއްޖެއަށް ހިދުމަތް ކުރި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ.
ވޭތުވެދިޔަ މުއްދަތުގައި އަދާލަތު ޕާޓީން މަސައްކަތް ކުރި ގޮތަށް ދެން ވެސް އަދާލަތު ޕާޓީ ދެމި އޮންނާނީ އަދުލު އިންސާފުގެމަތީގައި ސާބިތުވެ، ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
"ވެރިކަމުގެ ސިޔާސަތުތައް ތަގައްޔަރުވެ، ސިޔާސީ ޖައްވު ހިލަނބުވެ، ފަސާދަވެ، ގިނަ ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތައް ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާއުގައި ތެދުވެ، ސާބިތުކަމާ އެކު، އިސް ސަފުގައި އަދާލަތު ޕާޓީ ވާނީ މަސައްކަތްތަކެއްކޮށްފައި،" އިމްރާން ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް