ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިން، މިއަދު ހައްޔަރުކޮށްފިއެވެ.
ރަނިލް ހައްޔަރުކުރީ ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސްކަމުގައި ހުންނެވިއިރު އަމިއްލަ ބޭނުމަކަށް އިނގިރޭސީވިލާތަށް ވަޑައިގެން، ދައުލަތުގެ ފައިސާ ބޭނުންކުރެވި ކަމުގެ ތުހުމަތެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގައި އޮތް އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ހަފްލާއަކަށް ދިއުމަށް ދައުލަތުގެ ފައިސާ ބޭނުންކުރި ކަމަށް އުމުރުން 76 އަހަރުގެ ރަނިލްގެ މައްޗަށް ތުހުމަތުކުރެވެއެވެ.
ލަންކާގެ ސީއައިޑީން ބުނެފައި ވަނީ އެ ދަތުރުގެ ހަރަދުތަކާ ގުޅޭ ގޮތުން އޭނާގެ މުވައްޒަފުންނާ ކުރިން ސުވާލުކޮށްފައެވެ. އަދި އެ ދަތުރަށް އޭނާގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ފައިސާ ދީފައި ވަނީ ވެސް ދައުލަތުން ކަމަށް ސީއައިޑީން ތުހުމަތުކުރެއެވެ.
ރަނިލް ވަނީ 2023 ވަނަ އަހަރު ހަވާނާގައި ބޭއްވި ޖީ77 ސަމިޓަށް ދިޔަ ދަތުރުގައި އެނބުރި އައުމުގައި ލަންޑަނުގައި މަޑުކޮށްފައެވެ. އެ ދަތުރުގައި އޭނާ އާއި އޭނާގެ އަނބިކަނބަލުން ވޯލްވަރހެމްޕްޓަން ޔުނިވަރސިޓީގެ ރަސްމިއްޔާތެއްގައި ބައިވެރިވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ