ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޝަރަފު އެރުވުނީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރައްވާފައިވާ އިސް ދައުރާއި، އެކަމަށް ދެއްވާފައިވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.
އުތީމު ގަނޑުވަރަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ ޢާއިލީ މައިފުނަގެއެވެ. މި ތަރިކައިގެ ގޮތުގައި 500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ގަނޑުވަރަކީ ދިވެހި ޤައުމީ އަގުހުރި ޚާއްޞަ ތަރިކައެކެވެ.
އުތީމު ރައްޔިތުން ގަނޑުވަރަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެއެވެ. ގަނޑުވަރުގެ އެތެރެ އަބަދުވެސް ބަލަހައްޓަނީ ހިމުން ދޮންވެލި ލައިގެންނެވެ. އަދި ބޭރު ގޯތިތެރޭގައި ސާފު ކަށިވެލި އަޅައި، ގަނޑުވަރު ސަރަހައްދު ކުނިކަހައި ސާފުކުރުމުގެ މަސައްކަތް އުތީމު ރައްޔިތުން ކުރައްވަމުން ގެންދަވައެވެ.
ގަނޑުވަރު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުންނެވެ. މިގޮތުން ސަރުކާރުން މުސާރަދެއްވާ ޚާދިމަކާއި މަސައްކަތު މީހުން ލައްވައި، ގަނޑުވަރު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ.
އުތީމު ރައްޔިތުންނަށް މި ޝަރަފު ލިބިވަޑައިގަތުމާ ގުޅިގެން، އެރަށުގެ ރައްޔިތުން ވަނީ ވަރަށް އުފާވެ، މި ކަމަކީ އެ ރަށުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ވަރަށް މުހިންމު ދުވަހެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ފާހަގަކުރައްވާފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި