ހިޔާލުފާޅު ކުރުމަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ދުލަކީ ރަހީނު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ޅެންބަތުތަކަކުން އެމްޑީޕީގެ ރައީސް ޝާހިފު ފާޑު ވިދާޅުވެއްޖެއެވެ.
މި ޅެން އާންމުކުރައްވާފައި މިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާކަމުގެ ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޝާހިދުގެ މި ޅެމުގައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ވަރުގަދަ މެސެޖުތަކެއް ހިމަނުއްވާފައެވެ. "ރަހީނެއް ނުކުރެވޭނެ ދުލެއް، އަސީރެއް ނުކުރެވޭނެ ހިތެއް" މިފަދައިން ޅެމުގައި ބަޔާންކޮށްފައިވެއެވެ.
މި ޅެން އާންމުކުރައްވާފައި މިވަނީ ނޫސްވެރިންނާއި ބްރޯޑްކާސްޓިން މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައެވެ. މި ބިލާ ގުޅިގެން ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ފަރާތުން ވަނީ ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޝާހިދުގެ ޅެމުގައި "ކިޔާޅެން ރައިވަރާ ނުކިޔަން، ޚިޔާލާ ފިކުރު ހުއްޓާލަން" މިފަދައިން ބަޔާންކޮށް، މިނިވަންކަން ހަނިކުރުމުގެ މަސައްކަތްތަކަށް ފާޑުކިޔުއްވާފައިވެއެވެ. އަދި މިފަދަ ކަންކަން "ނުކުރެވޭނެ" ކަމަށް ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ.
ޅެމުގެ ފަހު ބައިތުގައި "ވިޔާނުދައޭ ބުނެވިދާނޭ" މިހެން ވިދާޅުވެ، މިނިވަންކަން ހަނިކުރުމުގެ މަސައްކަތްތަކަކީ ގައުމަށް ފައިދާހުރި ކަންކަން ނޫންކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ