އަބުރު ރައްކާތެރިވާނީ އިހުލާސްތެރި ހިދުމަތުން، ކަމަށާއި އެއީ މިނިވަންކަން ނައްތާލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށެވެ.
ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް ކަމަށާއި ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން ކަމަށާއި އެއީ ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ކުރާ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މީގެ ކުރިން ވެސް ވެރިޔަކު ތި މަސައްކަތް ކުރެއްވި. ކާމިޔާބެއް ނުވޭ. އިރާދުކުރެވިއްޔާ މިފަހަރު ވެސް ކާމިޔާބެއް ނުވާނެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. ރައީސް ވިދާޅުވީ، މީހުންގެ އަބުރާ އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. ކޮންމެ މީހަކަށް އިއްޒަތަކާއި ޝަރަފެއް ލިބިފައިވާފަދައިން، އަނެކާއަށް ވެސް ހަމަ އެވަރަށް އަބުރާ އިއްޒަތް ލިބިގެންވާ ކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ