ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މި ހަފްތާގައި ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފިއެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީ އަށް ގޮސްފައި ވަނީ މިމަހުގެ ކުރީކޮޅުއެވެ. ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ނިންމާފައި ވަނީ އެގޮތަށް ޕީއެންސީން އެދިފައިވާތީއެވެ.
މިހާތަނަށް މި ދެ ޖަލްސާގެ ރަސްމީ އެޖެންޑާއެއް މަޖިލިސް އިދާރާ އިން އާއްމުކޮށްފައެއް ނުވެއެވެ.
މި ދެ ޖަލްސާގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ރައްޔިތުން މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު "ހަތާވީސް" އަށް ވިދާޅުވީ އެ ދެ ޖަލްސާގައި ބިލެއްގެ މަސައްކަތެއް ވެސް ކުރުމަށް އެޖެންޑާ ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބިލެއް ކަމެއް އެ މެންބަރު ވިދާޅެއް ނުވެއެވެ. އަދި ވިދާޅުވީ އެ ދެ ޖަލްސާގައި ބައެއް މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ