ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފަނޑިޔާރުންނަށް ނިކުމެވޭނެ ކަމަށް ޖޭއެސްސީން ކަނޑައަޅައިފިއެވެ.
ޖޭއެސްސީން މިއަދު ވަނީ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަވާ ދަތުރުފުޅުތަކުގައި މުއައްސަސާތަކުގެ ވެރިން ރައީސަށް މަރުހަބާ ދެންނެވުމަށް ނިކުތުމާއި އަދި މުއައްސަސާތަކުގެ ވެރިންނާއެކު ބާއްވާ ބައްދަލުވުންތައް ފަދަ ބައްދަލުވުންތަކުގައި ފަނޑިޔާރުންނާއި މުވައްޒަފުން ބައިވެރިވުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
އެ މަޝްވަރާތަކަށްފަހު ޖޭއެސްސީން ނިންމީ ރައީސަށް މަރުހަބާ ދެންނެވުމަށް ފަނޑިޔާރުންނަށް ނިކުމެވޭނެ ކަމަށެވެ. ނަމަވެސް އެހެން ނިކުންނަ އިރު ފަނޑިޔާރުންގެ ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ނިންމި ނިންމުމުގައިވެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި