ސަރުކާރުން މިއަދު މަސައްކަތް ކުރަމުން ދަނީ ނޫސްވެރިކަން "މަރާލަން" ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިހާރު ކުރިޔަށްދާ ކުއްލި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރުން އުޅެނީ މުޅި މީޑިއާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މުޅި މީޑިއާ ގެނައުމަށް ކަމަށެވެ. އެމްޑީޕީން މިއަދު އެކަން ހުއްޓުވަން ނިކުންނަން ވެއްޖެ ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދުވެސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސްކޮށް ދަންނަވަނީ ބިލު އަނބުރާ ގެންދާށޭ. އެއީކީއެއް އިސްލާހު ކުރެވޭނެ ބިލެއް ނޫނޭ،" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކޮށްގެން އޭގެ ބޭނުން ހިފޭނެ ހަމަ އެންމެ ތަންކޮޅެއް ވެސް ނެތް ކަމަށް އިބޫ ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި