އަންނަ މަހުގެ ތިންވަނަ ދުވަހު ބޮޑު މުޒާހަރާ އަކަށް ނުކުތުމަށް އިދިކޮޅު އެމްޑީޕީ އިން މިރޭ ނިންމައިފިއެވެ.
އެމްޑީޕީ އިން މިގޮތަށް ނިންމީ މިރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ތާރިގް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހުގގައި ތަޅު އަޅުވާފައިވާ ކަމަށެވެ. މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ވެސް ސަރުކާރުން "ފުނޑާލައިވާ" ކަމަށް ވެސް ތާރިގް ވިދާޅުވިއެވެ.
މީގެއިތުރުން ބޭސްފަރުވާ ކުރުމަށް ވެސް ދިވެހިން މިއަދު ސަލާން ޖަހަން ޖެހިފައިވާ ހިސާބަށް ގޮސްފައިވާ ކަމަށް ތާރިގްގެ ގަރާރުގައިވެއެވެ.
ގައުމުގެ ހާލަތު ބޮއްސުންލައިގެންދާ ކޮންމެ ފަހަރަކު އެމްޑީޕީ އަކީ ގައުމު ހަމަ މަގަށް އަޅުވަން ނިކުންނަ ޕާޓީ ކަމަށް ވެސް ތާރިގް ވިދާޅުވިއެވެ. އެހެންކަމުން އަންނަ މަހުގެ ތިންވަނަ ދުވަހު ބޮޑު މުޒާހަރާއަކަށް އެމްޑީޕީ ނުކުތުމަށާއި އެ މުޒާހަރާ ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް އޭނާ ހުށަހެޅުއްވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި