އަނިޔާވެރި އިސްރާއީލުން ފަލަސްތީނުގައި ހިންގގަމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޓިއަންޖިންގައި މިއަދު ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ނުވަތަ "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަދައްކަވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވައި، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
އެސްސީއޯ ޕްލަސް ބައްދަލުވުމަކީ، އެސްސީއޯގެ މެންބަރު ގައުމުތަކާއި، ޕާޓްނާ ގގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިގްތިސާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހުޅުވާލާފައިވާ އިތުރު ފޯރަމެކެވެ.
މީގެކުރިން ވެސް ރައީސް މުއިއްޒު ވަނީ ބައިނަލްއަގުވާމީ އެހެން ބައެއް ފޯރަމްތަކުގައި ވެސް ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ