ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ސިޔާސީ ޕާޓީ، އެމްޓީޑީ އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނުން ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެޕާޓީއަށް މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.
އެމްޓީޑީ އަކީ 2018ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ